ޔޫރޯ އަށް ތައްޔާރުވުމުގެ ގޮތުން ތުރުކީ އާ ދެކޮޅަށް ކުޅުނު ރަހްމަތްތެރިކަމުގެ މެޗުގައި ޕޮލެންޑްގެ ކެޕްޓަން ލެވަންޑޯސްކީ އަށް އަނިޔާވެ ޔޫރޯގެ ފުރަތަމަ މެޗުގައި އޭނާ އަށް ނުކުޅެވޭނެ ކަން ޔަގީންވެއްޖެއެވެ. ބާސެލޯނާ އަށް ކުޅެމުން އަންނަ ލެވަންޑޯސްކީ ވަނީ މި މެޗުގެ 33 ވަނަ މިނެޓުގައި ބަދަލުކޮށްފައެވެ. މި އަނިޔާ އާއެކު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނެދަލެންޑްސް އާ ދެކޮޅަށް ކުޅޭ މެޗުގައި ލެވަންޑޯސްކީ އަށް ނުކުޅެވޭނެއެވެ. ތުރުކީ އާ ދެކޮޅަށް ކުޅުނު މި މެޗުގައި އަނިޔާވެފައިވަނީ ލެވަންޑޯސްކީގެ ފަލަމަސްގަނޑަށް ކަމަށް އެ ޓީމުން ބުނެފައިވެއެވެ. އެ ޓީމުން ބުނެފައިވަނީ ލެވަންޑޯސްކީ އަށް ކުޅެވޭނީ މުބާރާތުގެ ދެވަނަ މެޗުން ފަށައިގެން ކަމަށެވެ. އެއީ ޕޮލެންޑުން…